2025 ވަނަ އަހަރުގެ އެސް.އެސް.ސީ އަދި ކޭމްބްރިޖް އޯލެވެލް އިމްތިހާނުތައް ފެށިއްޖެ

09 އޭޕްރީލު 2025
...

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި އެވެ.

މިއަހަރު ރާއްޖޭން މުޅި ޖުމްލަ 8,364 ދަރިވަރުން އެސް.އެސް.ސީ އަދި ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވެއެވެ. މީގެ ތެރެއިން އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދަކީ 7,519 އެވެ. އަދި ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދަކީ 7,666 އެވެ.

މި އިމްތިހާނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 260 ސެންޓަރެއްގައެވެ.