2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ މަތީ ސާނަވީއަށް ބޭއްވުނު ޙާއްސަ އެސެމްބްލީ މިނިސްޓަރ ޝަރަފްވެރިކޮށްދެއްވައިފި

07 ޖޫން 2026
...

2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ މަތީ ސާނަވީއަށް ކިޔެވުން ފަށާ ދަރިވަރުންނަށް މަރުޙަބާ ކިޔުމަށް ބޭއްވުނު ޙާއްސަ އެސެމްބްލީގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މިނިސްޓަރ ވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.ސީ) މާލެ އަދި ހުޅުމާލޭގައި ބޭއްވި ދެ އެސްމްބްލީގައި ވެސް ދަރިވަރުންނާއި މުޙާތަބުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، 2026 ވަނަ އަހަރު އަލަށް މަތީ ސާނަވީ ތަޢުލީމު ހާސިލުކުރުމަށް ކުރިމަތިލާ ދަރިވަރުންނަށް މަރުހަބާ ދެންނެވުމާއެކު ތައުލީމީ ގޮތުން ކުރިއަށް ދިޔުމަށް ހިއްވަރު ދެއްވިއެވެ. 

ސީ.އެޗް.އެސް.ސީ މާލެ އަދި ހުޅުމާލޭގައި ބޭއްވި މި ދެ އެސެމްބްލީގައިވެސް މިނިސްޓަރގެ އަރިހުގައި މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަަަޑައިގެންނެވިއެވެ.