ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ އައު ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ ބައްލަވައިލައްވައިފި

03 ޖުލައި 2025
...

ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ބިނާ ކުރެވޭ އައު ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް، މިނިސްޓަރ ޑރ. އިސްމާޢިލް، މިއަދު ބައްލަވައިލައްވައިފިއެވެ.

މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް މިއަދު ހަވީރު މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، ސްކޫލްގެ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙާއްސަ ސަމާލުކަމެއް ދެއްވައިގެން، މި ސަރުކާރުން ފުރަތަމަ ބިނާކުރާ ޢިމާރަތަކީ ތަޢުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުމުގެ މަޤްސަދުގައި 23 ޑިސެމްބަރު 2023 ގައި ބިންގާ އެޅި މިސްކޫލް އަންނަ ދިރާސީ އަހަރަށް  ހުޅުވުމަށްޓަކައި، ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިސްކޫލާއެކު ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ލުޔެއް ލިބި، ދިރިއުޅޭ ގެއާ ކައިރި ސްކޫލަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. 

މާލެ ސަރަޙައްދުގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރެވޭ ސްކޫލެކެވެ.

1500 އެއްހާ ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާއެވެ.