ބަންގްލަދޭޝްގެ އައު ސަފީރު، މިނިސްޓަރގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

17 ޑިސެމްބަރު 2025
...

ބަންގްލަދޭޝްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޑރ. އެމް.ޑީ ނަޒްމުލް އިސްލާމް، މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ބަންގްލަދޭޝްއިން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.