2025 ވަނަ އަހަރުގެ އެޑެކްސެލް އޭލެވެލް އިމްތިޙާނު ފަށައިފިއެވެ.
މިއަހަރުގެ އިމްތިޙާނުގައި ޖުމުލަ 48 ސެންޓަރެއްގައި ކުރިއަށްދިޔަ އެވެ. މީގެ ތެރޭގައި އަތޮޅުތެރޭގެ 42 ސްކޫލަކާއި، މާލޭގެ 4 ސްކޫލެއްގެ އިތުރުން، އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކަށް 2 ސެންޓަރު ހިމެނެއެވެ.
މި އަހަރުގެ އިމްތިޙާނުގައި ޖުމުލަ 4,427 ކެނޑިޑޭޓުން ބައިވެރިވެފައިވެއެވެ.
މާލޭގެ ސްކޫލްތަކުން 2,879 ދަރިވަރުން އަދި އަތޮޅުތަކުގެ ސްކޫލްތަކުން 1,458 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން މާލެއިން 82 ކެނޑިޑޭޓުން އަދި އަތޮޅުތަކުން 8 ކެނޑިޑޭޓުން މި އިމްތިޙާނުގައި ބައިވެރިވިއެވެ.