އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 8218 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.
މިއަހަރު މި އިމްތިޙާނުތަކުގައި 267 ސެންޓަރެއްގައި ދަރިވަރުން އިމްތިޙާނު ހަދަމުންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ 246 ސެންޓަރާއި މާލޭގެ 21 ސެންޓަރެވެ.
މި އިމްތިޙާނުތައް ކުރިއަށްދާނީ 28 ޖަނަވަރީ 2026 އިން ފެށިގެން 06 މާރިޗު 2026 ގެ ނިޔަލަށެވެ.