Ha. Atoll school logo

ހއ. އަތޮޅު

ހއ. އަތޮޅު މަދަރުސާ

އުފެދުނީ: 24 ޖުލައި 1979

map

ދަރިވަރުން

395 +

މުދައްރިސުން

51 +

އިދާރީ މުވައްޒަފުން

21 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

އެޗް.އޭ. ޕްރައިމަރީ ސްކޫލް"" އުފެދި ހުޅުވުނީ 1978 ގައި ހއ. ހޯރަފުށީގެ ރައްޔިތުންގެ އިމާރާތެއްގައެވެ. ފަހުން މި ސްކޫލުގެ ނަން ބަދަލުކުރެވި ހއ. އަތޮޅު ސްކޫލުގެ ނަމުގައި ރަސްމީކޮށް ހުޅުވުނީ 24 ޖުލައި 1979 ގައެވެ. ޖަޕާނު ސަރުކާރުގެ އެހީގައި އާ އިމާރާތްތަކެއް އެޅުމާ ގުޅިގެން ރަށުގައި ޒަމާނީ ތަޢުލީމުގެ ބިންގާ އެޅުނެވެ. އަދި 6 މާރޗް 1984 ގައި އަލުން ހުޅުވުނެވެ. ފުރަތަމަ ގްރޭޑް އުފެދުމާއެކު 22 ފެބްރުއަރީ 1981 ގައި ޕްރައިމަރީ ތަޢުލީމު ފެށުނެވެ. އަދި 1988 ގައި މިޑްލް ސްކޫލް ފެށުނެވެ. ސެކަންޑަރީ ތަޢުލީމުގެ ކޮމާސް ދާއިރާ 1996 ގައި ފެށުނު އިރު، ސައިންސް ދާއިރާ ފެށުނީ 2001 ގައެވެ. ރަށުގެ މުޖުތަމަޢު، ޚާއްޞަކޮށް ޕޭރަންޓް-ޓީޗަރ އެސޯސިއޭޝަންގެ ހިތްވަރާއެކު 2008 ގައި ހަޔަރ ސެކަންޑަރީ ތަޢުލީމު ތަޢާރަފުކުރެވުނެވެ.

މޮޓޯ ކިޔަމަންތެރި – އަޒުމް ވަރުގަދަ
ތަޞައްވަރު

ޤައުމީ އަދި ބައިނަލް އަޤްވާމީ މިންގަނޑުތަކާއި ޢިޖުތިމާޢީ އަދި ދީނީ ޟަރޫރަތްތައް ޙާޞިލްވާގޮތަށް ދަރިވަރުންނަށް ކަނޑައެޅޭ ތަޢުލީމީ ލަނޑުދަނޑިތައް ކަނޑައެޅިފައިވާ މިންވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ދަރިވަރުން ޙާޞިލްކުރާކަން ހއ. އަތޮޅު މަދަރުސާއިން ކަށަވަރުކުރުން.

މުހިންމަތު

މަދަރުސާއިން ދަރިވަރުންނަށް ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދީގެން ފުރިހަމަ ޝަހުޞިއްޔަތެއް ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމަށް ދަރިވަރުން ޝައުޤުވެރިކުރުވުން.

ގުޅުއްވުމަށް

Ha. Atoll school logo
ހއ. ހޯރަފުށި
ހއ. އަތޮޅު މަދަރުސާ، އޯކިޑު މަގު، ހއ. ހޯރަފުށި، 01060
+960 6500048