Kurinbee School logo

ހދ. އަތޮޅު

ކުރިނބީ ސްކޫލް

އުފެދުނީ: 19 މޭ 1969

map

ދަރިވަރުން

131 +

މުދައްރިސުން

26 +

އިދާރީ މުވައްޒަފުން

10 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ކުރިނބީގައި އެންމެ ފުރަތަމަ ތަޢުލީމުދޭ މަދަރުސާއެއް ރަޖިސްޓްރީ ކުރެވުނީ 19 މެއި 1969 ވަނަ އަހަރުއެވެ. މަކްތަބުލް ޖަލާލިއްޔާގެ ނަމުގައި އުފެދިގެން އައި މި މަކްތަބުގެ އުމުރުން 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރަމުންދާއިރު ތަފާތު ގިނަގުނަ ކުރިއެރުން ތަކެއް ހޯދިފައިވެއެވެ. މިހާރު އަޅުގަނޑުމެން މިތިބި ސްކޫލަކީ 1994 ވަނަ އަހަރު، ވީ.އެސް.އޯގެ ހިލޭއެހީގެ ދަށުން ހދ. ކުރިނބީ ރައްޔިތުން ބިނާކޮށްފައިވާ ސްކޫލެކެވެ. އެންމެ ފުރަތަމަ މިސްކޫލް ހުޅުވިގެން ދިޔައީ ކުރިނބީ މަކްތަބުގެ ނަމުގައި 4 އޮކްޓޫބަރ 1995 ވަނަ އަހަރެވެ. 2000 ވަނަ އަހަރު ސަރުކާރު ސްކޫލަކަށް ބަދަލުކޮށް ކުރިނބީގެ މަކްތަބުގެ ނަން ކުރިނބީ ސްކޫލަށް ބަދަލުކުރެވުނެވެ. 2006 ވަނަ އަހަރު ގްރޭޑް 8 އުފައްދައި ސެކަންޑަރީ އަށް ކިޔަވައިދޭ ސްކޫލަކަށް މިސްކޫލް ހަމަޖެހުނެވެ. އަދި 2007 ވަނަ އަހަރު ސްކޫލް ބޯޑާއި ޕީ.ޓީ.އޭ އުފައްދާފައިވެއެވެ. އަދި 2008 ވަނަ އަހަރު މިސްކޫލް ޖީ.ސީ.އީ އޯލެވެލް ސެންޓަރަކަށް ބަދަލުކުރެވި ފުރަތަމަ ފަހަރަށް ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވާން ފެށުނެވެ. ފާއިތުވެދިޔަ އަހަރު ފިޔަވާ 2016 އިން ފެށިގެން 2020-2021 އާއި ހަމައަށް މިސްކޫލްގެ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ނަތީޖާ 60 އިން ސައްތައަށްވުރެ މަތީގައި ހިފެހެއްޓުނެވެ. ފާއިތުވެދިޔަ އަހަރު 5 މާއްދާއިން މަތިން ދަރިވަރުން ފާސްވި އިންސައްތައަކީ 50 އެވެ. އަދި 2020-2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޤައުމީ ގަދަ 10 ގައި މިސްކޫލްގެ ދަރިވަރަކު ހިމެނުނެވެ. އަދި 2022-2023 ވަނަ އަހަރު ޤައުމީ ގަދަ 10 ގެ 3 ވަނަގައި މިސްކޫލްގެ ދަރިވަރަކު ހިމެނުނެވެ. ސްކޫލްގައި ކިޔަވައިދެނީ ކޮމްބައިންޑް ސްޓްރީމަށެވެ.

މޮޓޯ ހޭލުންތެރިވެ ހޭލުންތެރި ކުރުވާށެވެ.
ތަޞައްވަރު

ކުރިނބީ ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ އިސްލާމްދީނުގައި ޤާއިމުވެހުރެ، އަމިއްލަ ނަފްސަށާއި ޤައުމަށް ކުރިއެރުން ހޯދައިދޭން ބޭނުންވާ ވިސްނުމާއި ފަންނީ ހުނަރު ތަރައްޤީ ކުރާނެ ޤާބިލުކަމާއެކު، ޤައުމީވަންތަ އެއްބައިވަންތަ، ގުޅިލާމެހިފައިވާ ވެއްޓެއްގައި އުޅުމަށް އަހުލުވެރި، މާދަމާގެ ދުނިޔެއަށް ލޯހުޅުވިފައިވާ ކިޔަމަންތެރި ހަރުދަނާ ރައްޔިތަކަށް ހެދުން.

މުހިންމަތު

1. ކުރިނބީ ސްކޫލްގެ ދަރިވަރުންނަކީ ފަށާ ތަޢުލީމާއި ޘާނަވީ ތަޢުލީމުގެ ހަމަހަމަ ފުރުޞަތު ލިބިފައިވާ ހުރިހާ މަރުހަލާތަކެއްގައި ފެންވަރު ރަނގަޅު ނަތީޖާނެރޭ ދަރިވަރުންނަށް ހެދުން. 2. އިސްލާމްދީނާއި ޤައުމުދެކެ ލޯބިވާ، ރިވެތި އަޚްލާގީ ސިފަތަކެއް ލިބިފައިވާ ދަރިވަރުން ތަކަކަށް ހެދުން. 3. ދިވެއްސެއްގެ ހައިސިއްޔަތުން ގުޅިލާމެހިފައިވާ މުޖުތަމައެއްގައި، ދިރިއުޅުމުގެ އުކުޅުތަކާއި ފަންނީ ހުނަރު ލިބިފައިވާ ދަރިވަރުންނަށް ހެދުން.

ގުޅުއްވުމަށް

Kurinbee School logo
ހދ. ކުރިނބި
ކުރިނބީ ސްކޫލް، އަމީނީ މަގު، ހދ. ކުރިނބި، 02091
+960 6520532