Nellaidhoo School logo

ހދ. އަތޮޅު

ނެއްލައިދޫ ސްކޫލް

އުފެދުނީ: 19 މޭ 1969

map

ދަރިވަރުން

301 +

މުދައްރިސުން

33 +

އިދާރީ މުވައްޒަފުން

15 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

މިސްކޫލް ފެށިގެން އައީ 1943 ވަނަ އަހަރު (1363 ހ ) ނެއްލައިދޫ މަކުތަބުގެ ނަމުގައި ދަނޑިފަނުން އަޅާފައިވާ މަދަރުސާއެއްގައެވެ. މިދުވަސްވަރު ކިޔަވައިދިނީ ޤުރްއާނާއި ދީނިއްޔާތާއި ތާނަލިޔުމާއި ހިސާބެވެ. މެދުކެޑުމެއްނެތި ދޭތެރެއަކުން ހީނަރުކަމެއް އައިނަމަވެސް ކިޔަވައިދެމުން އައިސް 19 މެއި 1969ގައި ނެއްލައިދޫ މަކުތަބުގެ ނަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީ ކުރެވުނެވެ. ނެއްލައިދޫ މަކުތަބުގެ ނަމުން ނެއްލައިދޫ މަދަރުސާގެ ނަމަށް ބަދަލުކޮށް 23 ޖެނުއަރީ 1995 އަލުން ޕްރައިމަރީ (ފަށާތަޢުލީމާއި މެދުމަދަރަސީ ތަޢުލީމު) މަދަރުސާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގައި ރަޖިސްޓްރީ ކުރެވުނެވެ. ނެއްލައިދޫ މަދަރުސާގެ ނަމުގައި ރައްޔިތުން ހިންގަމުން އައިސް 1 އޯގަސްޓް 2005 ގައި ސަރުކާރު ސްކޫލަކަށް ބަދަލުވެ ނެއްލައިދޫ ސްކޫލްގެ ނަމަށް ބަދަލުކުރެވި ސާނަވީ ސްކޫލެއްގެ ގޮތުގައި ކިޔަވައިދޭން ފެށުނެވެ. ހަމައެއަހަރު ސްކޫލްގައި ގްރޭޑް 8 އަށް ކިޔަވައިދޭން ފެށުނެވެ. މިސްކޫލްގައި ކިޔަވައިދެމުން އައިސްފައިވަނީ ކޮމްބައިން ސްޓްރީމް އަށެވެ. 2016 ވަނަ އަހަރުން ފެށިގެން މިސްކޫލްގައި ބީޓެކް ސްޓްރީމް ވެސް ކިޔަވައިދޭން ފެށިފައި ވެއެވެ. 2007 ވަނައަހަރު ޖީސީ އޯލެވެލް އިމްތިހާނުގައި ބައިވެރި ވިއެވެ. 2012 ވަނަ އަހަރު ޖީސީ އޯލެވެލް އިމްތިހާނުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދާފައިވެއެވެ. އެއީ ފަސްމާއްދާއިން ފާސްވާކުދިން 60 އިންސައްތަ އަށް ވުރެ މަތިވެގެން ދިޔައެވެ. 2012 ވަނަ އަހަރު މަތީ ސާނަވީ އަށް ފާސްވި ކުދިންގެ އަދަދު އިތުރުވެ ގްރޭޑް 11 އަށް ކިޔެވުމަށް ޝަރުތު ހަމަވާ ކުދިން ހަމަވުމާއެކު ގްރޭޑް12 އުފައްދައި 16 ޖޫން 2013 ގައި މަތީ ޘާނަވީ އަށް ކިޔަވައިދޭން ފެށުނެވެ. .2015 ވަނަ އަހަރުންފެށިގެން ސަރުކާރުގެ ސިޔާސަތާއެއްގޮތަށް އާ ކަރިކިއުލަމަށް ކިޔަވައިދޭން ފެށުނެވެ.

މޮޓޯ " ކާމިޔާބީއަށް ގަދައަޅާ މަސައްކަތް ކުރާށެވެ. "
ތަޞައްވަރު

ނެއްލައިދޫ ސްކޫލުން ތައުލީމް ހާސިލްކުރާ ކޮންމެ ދަރިވަރަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ތަބާވާ، ޤައިމަށް ވަފާތެރި، ޤާބިލް، އަދި އިޖުތިމާއީ ކުރިއެރުމުގައި ބައިވެރިވާ ދަރިވަރެއްކަމުގައި ހެދުން.

މުހިންމަތު

ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނަށް، ރައްކާތެރި، އަދި އެކުވެރި މާހައުލެއްގައި، ޒަމާނީ ވަސީލަތްތަކާއި، ހުނަރުވެރި ޓީޗަރުންގެ އެހީގައި، އިލްމާއި ހުނަރުވެރިކަން ކުރިއަރާނެ ފުރުޞަތުތައް ހޯދައިދީ އަދި އިސްލާމީ، އިޖްތިމާއީ ރިވެތި އާދަތައް އުނގެނުމުގެ ވެއްޓެއް ޤާއިމް ކޮށްދިނުން.

ގުޅުއްވުމަށް

Nellaidhoo School logo
ހދ. ނެއްލައިދޫ
ނެއްލައިދޫ ސްކޫލް، ބޮނބިތަޅާ މަގު، ހދ. ނެއްލައިދޫ، 02070
+960 6520534