Sh. Atoll Education Centre logo

ށ. އަތޮޅު

ށ. އަތޮޅު ތަޢުލީމީ މަރުކަޒު

އުފެދުނީ: 09 ޖެނުއަރީ 1982

map

ދަރިވަރުން

210 +

މުދައްރިސުން

38 +

އިދާރީ މުވައްޒަފުން

19 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ށ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ދިވެހިސަރުކާރުގެ ދީލަތި އެހީފުޅާއެކު އަޅުއްވައިދެއްވި ސްކޫލެކެވެ. ށ. ކޮމަންޑޫގައި 16 ނޮވެމްބަރ 1980 ގައި އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުހައްމަދު ޒާހިރު ހުސެއިނާއި ޔުނިސެފް ލިއޭޒަން އޮފިސަރ މިސްޓަރ ރިޗަރޑް ބްރައިޑްލް ބިންގައު އެޅުނު މިސްކޫލް އިމާރާތްކުރުމުގެ މަސައްކަތްފެށިފައިވަނީ 26 ނޮވެމްބަރ 1980 ގައެވެ. 9 ޖެނުއަރީ 1982 ގައި މިސްކޫލު ހުޅުއްވައި ދެއްވީ އޭރުގެ މިނިސްޓަރއޮފް ޕްރޮވިންޝަލް އެފެއާރޒް އޮނަރަބުލް އަލްއުސްތާޒު ޢަބްދުﷲ ޙަމީދެވެ. ސްކޫލު ހުޅުވުނުއިރު ، ސްކޫލުގައި ހިމެނިފައިވަނީ ހަތަރުކުލާސްރޫމުގެ ހޯލަކާއި ޖަމާއަތުގެ ތަޢުލީމުދޭ ބައިގެ ގޮތުގައިހުރި އެއްކުލާސްރޫމާއި އިތުރު އެއްކުލާސްރޫމެވެ. މީގެ އިތުރުން އެއް އޮފީހާއި ހެޑްމާސްޓަރ ގޭގެ އިތުރުން 10 ފާޚާނާ އެކުލެވޭ ފާޚާނާބަރިއެކެވެ. ސުކޫލުގެ ވިޝަން: ށ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޮންމެ ދަރިވަރަކީ ކާމިޔާބު ހޯދުމުގެ ބާރުވެރިކަން ލިބިފައިވާ ކުއްޖަކަށް ހެދުން. ސުކޫލުގެ މިޝަން: ށ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަކީ އިސްލާމީ ރިވެތި އުޞޫލުތަކަށް ބޯލަނބާ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ކަންކަމަށް ޤާބިލް ދަރިންތަކެއް ވަށާޖެހިފައިވާ ތަޢުލީމުގެ ތެރެއިން ކަށަވަރުކޮށް ދިނުމާއެކު ކޮންމެ ދަރިވަރަކީވެސް ސްކޫލަގައާއި މަސައްކަތުގެ މައިދާނުގައި އަދި ދިރިއުޅުމުގައި ކާމިޔާބު ހޯދޭނެ ދަރިވަރަކަށް ހެދުން. މޮޓޯ: ފުރިހަމަ ތަޢުލީމަކަށް ހިތްވަރު ކުރާށެވެ.

މޮޓޯ ފުރިހަމަ ތަޢުލީމަކަށް ހިތްވަރު ކުރާށެވެ.
ތަޞައްވަރު

ށ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޮންމެ ދަރިވަރަކީ ކާމިޔާބު ހޯދުމުގެ ބާރުވެރިކަން ލިބިފައިވާ ކުއްޖަކަށް ހެދުން.

މުހިންމަތު

ށ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަކީ އިސްލާމީ ރިވެތި އުޞޫލުތަކަށް ބޯލަނބާ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ކަންކަމަށް ޤާބިލް ދަރިންތަކެއް ވަށާޖެހިފައިވާ ތަޢުލީމުގެ ތެރެއިން ކަށަވަރުކޮށް ދިނުމާއެކު ކޮންމެ ދަރިވަރަކީވެސް ސްކޫލަގައާއި މަސައްކަތުގެ މައިދާނުގައި އަދި ދިރިއުޅުމުގައި ކާމިޔާބު ހޯދޭނެ ދަރިވަރަކަށް ހެދުން.

ގުޅުއްވުމަށް

Sh. Atoll Education Centre logo
ށ. ކޮމަންދޫ
ށ. އަތޮޅު ތަޢުލީމީ މަރުކަޒު، ، ށ. ކޮމަންޑޫ، 03130
+960 6540062