ދަރިވަރުން
436 +މުދައްރިސުން
51 +އިދާރީ މުވައްޒަފުން
މި ސުކޫލަކީ 1943 ގައި ދަނޑިފަނުން އިމާރާތްކުރެވި، ޤުރުއާނާއި އިސްލާމު، ދިވެއްސާއި ހިސާބު އަދި ތަޖުވީދު ކިޔަވައިދިން ސުކޫލެކެވެ. 1960 ވަނަ އަހަރު އުވަގަލުން އިމާރާތްކޮށް އީޓުން ހިޔާކުރެވި މަކުތަބުންނޫރުގެ ނަމަށް މަދަރުސާގެ ނަން ބަދަލުވިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ފުރަތަމަ ރަޖިސްޓްރީކޮށްފައިވަނީ 2 ޖޫން 1969 މަކުތަބުއްނޫރުގެ ނަމުގައެވެ. އެއަށްފަހު، 6 ޖޫން 1980 ގައި ސުކޫލުގެ ނަން މަކުތަބު ޢަލީގެ ނަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީ ކުރެވުނެވެ. އަދި 11 އޮކްޓޯބަރު 1993 ގައި އަލިފުށީ ސުކޫލުގެ ނަމަށް ބަދަލުވެ މިހާތަނަށް ސުކޫލު ހިނގަމުން މިއަންނަނީ އެނަމުގައެވެ. 2000 ވަނަ އަހަރު ޘާނަވީ ތަޢުލީމުދެވެން ފެށުމާއިއެކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގާ ސުކޫލަކަށް އަލިފުށީ ސުކޫލު ބަދަލުވެފައިވެއެވެ. އަދި 1 ޖެނުއަރީ 2004 ން ފެށިގެން އަލިފުށީ ސުކޫލު ސަރުކާރު ސުކޫލަކަށް ވަނީ ބަދަލު ކުރައްވާފައެވެ. މިސުކޫލު ގައި ކިޔަވައިދެނީ ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ކީސްޓޭޖް 5 ށެވެ. ކިޔަވައިދެނީ ބިޒްނަސް ،ސައިންސް އަދި ބީޓެކް ސްޓްރީމަށެވެ. މި ވަގުތު ސުކޫލުގައި 443 ދަރިވަރުން ކިޔަވަވަމުން ދެއެވެ. ދަރިވަރުންނަށް ޚިދުމަތްދިނުމުގައި 76 މުއައްޒަފުން ( 63 ލޯކަލް އަދި 13 ބިދޭސީން) މަސައްކަތްކުރެއެވެ.
އަލިފުށި ސުކޫލުގެ ތަޞައްވުރަކީ؛ މިސުކޫލުން ތަޢުލީމް ޙާސިލްކުރާ ކޮންމެ ދަރިވަރަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤާވާޢިދަށް ޙުރުމަތްތެރިކޮށްހިތާއި ތިމާވެއްޓާއި ރައްޓެހި، އަޚްލާޤް ރަނގަޅު، މައިންބަފައިންނާއި ބޮޑެތި މީހުންނަށް އިޙްތިރާމްކުރާ އަދި އުނގެނުމުގައި މަތީ ކާމިޔާބުތައް ހޯދުމަށް ހިންމާތާއެކު މަސައްކަތްކުރާ ޝަޚުސަކަށް ހެދުން. އަދި މިސްކޫލުގައި މިފަދަ ޝަޚުސެއް ބިނާކުރުމަށް އެކަކު އަނެކަކަށް ވާގިވެރިވާ ،އެކަކު އަނެކަކަށް އަޅާލާއި މާޙައުލެއް ޤާއިމުކުރުމެވެ.
ސުކޫލުގެ ޢަޒުމަކީ އިސްލާމްދީނުގެ ތަރަޙައިގެ ތެރެއިން، ސަރުކާރާއި ރައްޔިތުންގެ އެއްބާރުލުމާއި އެކު އެބޭފުޅެއްގެ ލަޔާޤަތާއި ޤާބިލްކަން ތަންދިން އެންމެ މަތީ ދަރަޖައަކަށް، ކިޔެވުމުގެ ވާދަވެރި މާޙައުލެއްގެ ތެރެއިން ޢިލްމްވެރި، ޙިލްމުވެރި އަނެކުންނަށް އިޙްތިރާމްކުރާ ޚިދުމަތްތެރި، ގޮންޖެހުންތަކަށް ކުރިމަތިލާންކެރޭ ޝަޚުސެއް ބިނާ ކުރުމުގައި ފުރިހަމައަށް ބައިވެރިވެ ގަދައަޅާ މަސައްކަތް ކުރުމެވެ.