B. Atoll Education Centre logo

ބ. އަތޮޅު

ބ. އަތޮޅު ތަޢުލީމީ މަރުކަޒު

އުފެދުނީ: 24 ފެބްރުއަރީ 1978

map

ދަރިވަރުން

718 +

މުދައްރިސުން

79 +

އިދާރީ މުވައްޒަފުން

35 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ 24 ފެބްރުއަރީ 1978 ގައި އަތޮޅުތެރޭގައި ހުޅުވުނު އެންމެ ފުރަތަމަ ކޮމިޔުނިޓީ ސްކޫލް. މިއީ ޔުނިސެފްގެ އެހީގައި އަތޮޅުތެރޭގައި ސަރުކާރުން ބިނާކުރި މިފަދަ ފުރަތަމަ މަޝްރޫޢު. ސްކޫލްގެ ކިޔެވުން އެންމެ ފުރަތަމަ ފެށިއިރު ކިޔަވައިދިނީ ހަމައެކަނި ގްރޭޑް 1 އާ ހަމައަށް. ކޮންމެ އަހަރަކު އެއްގްރޭޑުން އަނެއް ގްރޭޑަށް ކިޔަވައިދިނުމުގެ ފެންވަރު މަތިވެ، 1991 ވަނަ އަހަރުން ފެށިގެން ސެކަންޑަރީ އާހަމައަށް ކިޔަވައިދޭންފެށިފައިވޭ. އަދި 2001 ންފެށިގެން ހަޔަރސެކަންޑަރީ ތައާރަފްކުރެވިފައިވޭ. މި ސްކޫލަކީ ފައުންޑޭޝަން ސްޓޭޖް ންފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެވޭ ސްކޫލެއް. ކިޔަވައިދެނީ ސައިންސް، ބިޒްނަސް އަދި ބީޓެކް ސްޓްރީމް އަށް.

މޮޓޯ އެންމެ ރަނގަޅު ކަންތައްތައް ކުރާށެވެ - އެންމެ މޮޅު މީހަކަށް ވާށެވެ
ތަޞައްވަރު

• ކާމިޔާބު އަދި ޒިންމާދާރު ރައްޔިތުންނަށް ވާނޭ ފުރިހަމަ (ނުވަތަ ފިސާރި) ދަރިންތަކެއް ތަރުބިއްޔަތު ކުރުން. • އެކުވެރި، އުފާވެރި، ރައްކާތެރި އަދި ކިޔެވުމަށް ފަހި ދުޅަހެޔޮ ވެއްޓެއް ފޯރުކޮށްދިނުން. • އިސްލާމީ ރޫހެއްގައި އަމިއްލައަށް ކަންކަން ވިސްނައި އުނގެނުމަށް ހިތްވަރުދިނުން. • ބެލެނިވެރިންނާއި ރަށުގެ މުޖުތަމައާއެކު އެއްބާރުލުމުގެ ގުޅުމެއް ޤާއިމްކުރުން. • ހުރިހާ މުވައްޒަފުންނަށް ވެސް މެދުކެނޑުމެއް ނެތި ފަންނީ ގޮތުން ތަރައްޤީވުމަށް ބާރާއި ހިތްވަރުދިނުން.

މުހިންމަތު

އަޅުގަނޑުމެންގެ މަޤްޞަދަކީ އިސްލާމީ ވެއްޓެއްގައި ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބު ޙާޞިލްކުރެވޭނޭފަދަ ލާމެހިފައިވާ، އަމިއްލައަށް ފިކުރުކުރާ، އަމިއްލައަށް ތިމާގެ އުޅުން ބައްޓަންކުރާ، މަތިވެރިވުމަށް ބާރުދޭ އުނގެނޭނޭ ފުރުޞަތެއް ފަހިކޮށްދިނުމެވެ.

ގުޅުއްވުމަށް

B. Atoll Education Centre logo
ބ. އޭދަފުޝި
ބ. އަތޮޅު ތަޢުލީމީ މަރުކަޒު، ރޯޝަނީ މަގު، ބ. އޭދަފުށި، 06080
+960 7936465