Kudarikilu School logo

ބ. އަތޮޅު

ކުޑަރިކިލު ސްކޫލް

އުފެދުނީ: 08 މާރިޗު 1967

map

ދަރިވަރުން

115 +

މުދައްރިސުން

24 +

އިދާރީ މުވައްޒަފުން

7 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

"މަކްތަބުއްރާޤިއްޔާ"" ވުޖޫދަށްއައީ 08 މާރޗް 1967ގައެވެ. މަސްއޫލުވެރިޔަކީ އޭރުގެ ކަތީބު އަލްމަރުހޫމް އަޙްމަދު ޢަލީއެވެ. އެޑްރެސްއަކީ އޯސަންވިލާ / ބ. ކުޑަރިކިލު އެވެ. ކިޔަވާދެއްވާ މާއްދާތަކަކީ ޤުރްއާން، ދީނިއްޔާތު، ދިވެހި، ޢަރަބިތާނަ ލިޔުން އެވެ. މޮޓޯއަކީ: ""އެދޭކަމެއްގައި އުއްމީދު ކަނޑާނުލާށެވެ"". 31 ޖުލައި 1971 ގައި ""މަކްތަބުއްރާޤިއްޔާ""ގެ ނަން ""މަކްތަބުލްއަމާން""ގެ ނަމަށް އަލްފާޟިލް ޢަބްދުއްސައްތާރު މުހައްމަދުގެ މަސްއޫލުވެރިކަމުގައި ބަދަލުކުރެވުނެވެ. އެޑްރެސްއަކީ ކަރަންކާގެ / ބ. ކުޑަރިކިލު އެވެ. ކިޔަވާދެއްވާ މާއްދާތަކަކީ ޤްރުއާން، ދީނިއްޔާތު، ހިސާބު، ދެލިޔުން، ދިވެހި، ޢަރަބި، ތާނައަކުރު އެވެ. 24 އޮގަސްޓް 1980 ގައި ""މަކްތަބުލްއަމާން""ގެ ނަން ""ބ. ކުޑަރިކިލު މަކްތަބް""ގެ ނަމަށް ބ. ކުޑަރިކިލު އޮފީހުގެ މަސްއޫލުވެރިކަމުގައި ބަދަލުކުރެވުނެވެ. މޮޓޯއަކީ: ""ޢިލްމު ހޯދާށެވެ. ކާމިޔާބު މީހަކަށްވާނީ އޭރުންނެވެ"". 01 ޖުލައި 1985 ގައި ""ބ. ކުޑަރިކިލު މަކްތަބް""ގެ ނަން ""ކުޑަރިކިލު މަދަރުސާ""ގެ ނަމަށް ބ. ކުޑަރިކިލު އޮފީހުގެ މަސްއޫލުވެރިކަމުގައި ބަދަލުކުރެވުނެވެ. މޮޓޯއަކީ: ""ޢިލްމު އުގެނޭށެވެ. ކާމިޔާބު މީހަކަށްވާނީ އޭރުންނެވެ"". މަކްތަބުއްރާޤިއްޔާގެ އިމާރާތް ވަނީ އުވައާއި ގަލުން ރާނައި އުވަޖަހާފައި އިމާރާތްކޮށްފައެވެ. އެއިމާރާތް ބިނާކޮށްފައިހުރީ މިހާރުގެ ހަކީމުގެ އުތުރުން އަތިރިމަތީގައެވެ. ދެވަނަ އިމާރާތެއްގެ ގޮތުގައި ކިޔަވާދޭން ބޭނުންކުރެވުނީ ""ރައްޔިތުންގެ ކާޑު ގެ"" އެވެ މިއިމާރާތްހުރީ ކުރީގެ ސްކޫލް (މިހާރުގެ އިޖްތިމާއީ މަރުކަޒު)ގެ އުތުރުންނެވެ. އޭގެ ފަހުން ކުރީގެ ސްކޫލް (މިހާރުގެ އިޖްތިމާއީ މަރުކަޒު) އިމާރާތްކުރެވުނެވެ. މިއިމާރާތް ބާވުމުގެ ސަބަބުން މިހާރުގެ ސްކޫލް އިމާރާތްކުރެވުނެވެ. މިގޮތުން 21 އޮކްޓޫބަރ 1995 (26 ޖުމާދަލްއޫލާ 1416 ހ.) ގައި މިހާރުގެ ސްކޫލް ހުޅުވައި ނުރަސްމީކޮށް ކިޔަވާދޭން ފެށުނެވެ. އަދި މިސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ 11 މާރޗް 1996 (21 ޝައްވާލް 1416 ހ.) ގައި އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުޙައްމަދު ލަތީފް އެވެ. 08 މާރޗް 1967ގެ ކުރިންވެސް މިރަށުގައި ""ފަނުން"" ކުރީގެ ރައްވެހިގެ އުތުރުގައި ސްކޫލް އިމާރާތްކޮށްގެން ކިޔަވާދީފައިވެއެވެ. މިރަށަކީ ކުރީ ޒަމާނުގައި ހިސާބު ޢިލްމުގެ އާދަޔާ ޚިލާފު މޮޅު މީހުން އުޅުނު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަށެކެވެ. 08 މާރޗް 1967ގައި (އަދި އޭގެކުރިގައިވެސް) މަދްރަސީ ތަޢުލީމް މިރަށުގައި ފެށިގެން އައިސްފައިވަނީ ރައްޔިތުންގެ މަދަރުސާގެ ގޮތުގައެވެ. މިގޮތުން 2004 ވަނަ އަހަރު ބެލެނިވެރިން އިސްނަގައިގެން މިރަށުގައިވަނީ ގްރޭޑް 8 އުފައްދާފައެވެ. އަދި 01 އޮގަސްޓް 2005 ގައި މިސްކޫލް ސަރުކާރު ސްކޫލަކަށް ބަދަލުކުރެވުނެވެ. 2006 ވަނަ އަހަރު މިސްކޫލް އޯލެވެލް ސެންޓަރަކަށް ބަދަލުވެ، މިސްކޫލްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ގްރޭޑް 10 ނިންމައި ރަށުގައި ތިބެގެން އޯލެވެލް އިމްތިހާން ހެދިއެވެ. 07 ޖެނުއަރީ 2016ގައި ކުޑަރިކިލު މަދަރުސާގެ ނަން ވަނީ ކުޑަރިކިލު ސްކޫލް އަށް ބަދަލުކުރެވި އަދި ޕްރީސްކޫލް ތައުލީމު ވަނީ ދޭން ފެށިފައެވެ.

މޮޓޯ ޢިލްމު އުގެނޭށެވެ. ކާމިޔާބު މީހަކަށްވާނީ އޭރުންނެވެ
ތަޞައްވަރު

• ދަރިވަރުންގެ މެދުގައި އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ ކަންކަމަށް އަޙުލުވެރިކުރުވައި، ޤާނޫނާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތަންދަސްކޮށްދީ، އެއްކުއްޖަކު އަނެއްކުއްޖެއްގެ މެދުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ޢާލާކުރުވުން • ޖިންސުގެ، ޢާއިލީ އަދި ސިޔާސީ ތަފާތު ކުރުމެއްނެތި، ތަޢުލީމީ އަދި އިތުރުހަރަކާތްތަކުގައި މިސްކޫލުގެ ކޮންމެދަރިވަރަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިއްބައިދިނުން. • މިސްކޫލުގެ ކޮންމެދަރިވަރަކީ މުޖުތަމަޢުއަށްފައިދާހުރި ރަނގަޅުރައްޔިތަކަށް ހެދުމަށްޓަކައި ހުރިހާރޮނގަކުން ކުއްޖާތަރައްޤީކުރުން • ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ސަމާލުކަމެއްދީގެން ކިޔަވައިދިނުމާއި އިތުރު ޙަރަކާތްތައް ރާވާ ހިންގުން • އަދުގެ ދުނިޔޭގައި ދިމާވަ ހުރިހާގޮންޖެހުންތަކަކަށް ލޯހުޅުވި، ކެރިގެންކުރިމަތިލުމަށް ޝައުގުވެރިކުރުވުން.

މުހިންމަތު

ސްކޫލުގެ އަމާޒަކީ، އިސްލާމްދީނުގެ ރިވެތި އުސޫލުތަށް ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ޤާނޫނާއި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތައި، ޤައުމިއްޔަތުވަންތަކަމާއި ޘަޤާފަތްދިރުވައި، ފަރުވާތެރިކަމާއި އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށްފޯރުކޮށްދީ، ދިވެއްސަކަށްވީތީވެ، ހިތްވަރާއި ޢަޒުމާއިއެކު މާދަމާގެ ދުނިޔެއަށް ކުރިމަތިލާންކެރޭދަރިންތަކެއްކަން ކަށަވަރުކޮށްދިނުމަށްޓަކައި، އެދަރިވަރަކަށް ލިބިފައިވާ ހުނަރެއް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ ފުރުޞަތުހޯދައިދިނުމެވެ.

ގުޅުއްވުމަށް

Kudarikilu School logo
ބ. ކުޑަރިކިލު
ކުޑަރިކިލު ސްކޫލް، ބ. ކުޑަރިކިލު، 06010
+960 6600019