Thulhaadhoo School logo

ބ. އަތޮޅު

ތުޅާދޫ ސްކޫލް

އުފެދުނީ: 17 އޯގަސްޓު 1936

map

ދަރިވަރުން

332 +

މުދައްރިސުން

47 +

އިދާރީ މުވައްޒަފުން

17 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

"ތުޅާދޫ މަދަރުސާ""ގެ ނަމުގައި ތުޅާދޫގައި ފުރަތަމަ ކިޔަވައިދޭން ފެށުނީ 17 އޯގަސްޓް 1936 މ (29 ޖުމާދުއްލްއައްވަލު 1355ހ) ގައެވެ. މި މަދަރުސާ ""މަކްތަބުލް ހިދާޔާ"" ގެ ނަމުގައި 6 ފެބުރުއަރީ 1967 ގައި ރަޖިސްޓްރީ ކުރެވުނެވެ. އެއަށް ފަހު 1978 ފެބުރުއަރީ 16 ގައި މަކްތަބުލް ހިދާޔާގެ ނަން، ""ތުޅާދޫ ޕްރައިމަރީ ސްކޫލް"" ގެ ނަމަށް ބަދަލުކުރެވުނެވެ. ސާނަވީ ތަޢުލީމު ދޭން ފެށުމާއި ގުޅިގެން 1998 ނޮވެންބަރ 8 ގައި ސްކޫލުގެ ނަން ""ތުޅާދޫ ޕްރައިމަރީ ސްކޫލް"" ގެ ނަމުން ""ތުޅާދޫ ސްކޫލް"" ގެ ނަމަށް ބަދަލުކުރެވުނެވެ. އެގޮތުން މިއީ އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގޭ 3 ވަނަ ސްކޫލެވެ. މި ސްކޫލް ސަރުކާރު ސްކޫލަކަށް ބަދަލުވީ 2000 ފެބުރުއަރީ 1 ގައެވެ. މި ސްކޫލުގެ ބާނީ އަކީ ބ.ތުޅާދޫ ދޮންއިސްމާޢީލް ކަތީބެވެ. އައްވަލް އުސްތާޛަކީ ށ. ކަނޑިތީމު އިބްރާހީމް ޢަލީ (ދޮން އިބްރާހީމް ކަލޭފާނު) އެވެ. މި ސްކޫލަކީ ފައުންޑޭޝަން ސްޓޭޖް އިން ފެށިގެން ކީސްޓޭޖް 4 އަށް ކިޔަވައިވޭ ސްކޫލެކެވެ. މި ސްކޫލްގައި ކިޔަވައިދެނީ ބިޒްނަސް ސްޓްރީމް އަދި ސައިންސް ސްޓްރީމްގެ އިތުރުން ބީޓެކް ސްޓްރީމެވެ.

މޮޓޯ ކާމިޔާބަކީ މަސައްކަތްތެރިންގެ ޙައްޤެކެވެ.
ތަޞައްވަރު

އަމިއްލަ ޤާބިލްކަން ދެނެގަނެ އެކަން ހަޤީގަތަކަށް ހެދުން

މުހިންމަތު

ފެންވަރު ރަނގަޅު ތަޢުލީމެއްގެ ތެރެއިން ޤާބިލު ރައްޔިތެއް އުފެއްދުން

ގުޅުއްވުމަށް

Thulhaadhoo School logo
ބ. ތުޅާދޫ
ތުޅާދޫ ސްކޫލް، ރޯޝަނީ މަގު، ބ. ތުޅާދޫ، 06090
+960 6600136