Lh. Atoll Education Centre logo

ޅ. އަތޮޅު

ޅ. އަތޮޅު ތަޢުލީމީ މަރުކަޒު

އުފެދުނީ: 10 މާރިޗު 1984

map

ދަރިވަރުން

529 +

މުދައްރިސުން

80 +

އިދާރީ މުވައްޒަފުން

22 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ޅ. އަތޮޅު ތަޢުލީމީ މަރުކަޒަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބެލުމުގެ ދަށުން ހިންގަމުންދާ ސަރުކާރުގެ ތަޢުލީމީ މުއައްސަސާއެކެވެ. މި މަރުކަޒު ވުޖޫދަށް އައީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހު، މިއަދާ ހަމައަށް 37 އަހަރުގެ ތާރީޚެއް ފާހަގަކުރަމުންނެވެ. މަރުކަޒު އިފްތިތާޙު ކުރެވުނު އިރު، 200 އަށްވުރެ މަދު ދަރިވަރުންނާއި، ހެޑްމިސްޓްރެސްއަކާއެކު ޖުމްލަ 9 މުވައްޒަފުން މަސައްކަތްކުރަމުން ދިޔައެވެ. މިއަދު މި މަރުކަޒަކީ ޤާބިލު، ފުދުންތެރި އަދި ޝަރަފުވެރި ތަޢުލީމީ މަރުކަޒެއްގެ ގޮތުގައި ކުރިއަރައި ތަރައްޤީވެފައިވާ މުއައްސަސާއެކެވެ. މި މަރުކަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ ތަޢުލީމީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޤައުމީ މަންހަޖު ތަންފީޒުކޮށް، ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ޤައުމީ މަންހަޖުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ކިޔަވައިދިނުމުގެ އިތުރުން އެކިއެކި ތަޢުލީމީ ޙަރަކާތްތައް ރާވައި ހިންގުމާއި، ވީހާވެސް ފުޅާ ދާއިރާއެއްގައި ބެލެނިވެރިންނާއި މުޖުތަމަޢުއާ ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދެއެވެ

މޮޓޯ އުނގެނޭށެވެ! ޚިދުމަތްކުރާށެވެ!
ތަޞައްވަރު

އަޅުގަނޑުމެންގެ ޢަޒުމަކީ ތަޢުލީމީ ގޮތުންނާއި ޝަހްޞިއްޔަތު ބިނާކުރުމުގެ ރޮނގުން އެދަފަ ދެވަނައެއް ނެތް ސްކޫލެއްގެ ގޮތުގައި ދެމިތިބިމުގެ ޝަރަފު ލިބިގަތުމެވެ.

މުހިންމަތު

ޤައުމީ މަންހަޖަށް ރިޢާޔަތްކޮށް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދީ، 21 ވަނަ ޤަރުނުގެ ގޮންޖެހުންތަކަށް ކުރިމަތިލާން ކެރޭ، އަޚްލާޤު ރަނގަޅު ޤާބިލް ޝަޚްސިއްޔަތެއް ބިނާކުރެވޭފަދަ މާޙައުލެއް ޤާއިމްކުރުމެވެ.

ގުޅުއްވުމަށް

Lh. Atoll Education Centre logo
ޅ. ހިންނަވަރު
ޅ. އަތޮޅު ތަޢުލީމީ މަރުކަޒު، ޅ. ހިންނަވަރު، 07010
+960 6620010