Lh. Atoll school logo

ޅ. އަތޮޅު

ޅ. އަތޮޅު މަދަރުސާ

އުފެދުނީ: 09 މާރިޗު 1984

map

ދަރިވަރުން

270 +

މުދައްރިސުން

38 +

އިދާރީ މުވައްޒަފުން

16 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ޖަޕާނު ސަރުކާރުގެ އެހީގައި ޤާއިމުކުރެވުނު ޅ. އަތޮޅު ސްކޫލަކީ ޅ. ކުރެންދޫ ރައްޔިތުންގެ ފަޚުރެކެވެ. އަދި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ނިޝާނެކެވެ. މި ސްކޫލުގެ ބިންގާ އެޅުއްވީ ކުރީގެ ފާދިއްޕޮޅު އަތޮޅުވެރި އަލްފާޟިލް ކުއްލަވާ އިބްރާހީމް ދީދީ، 13 ފެބްރުއަރީ 1983 ގައެވެ. ސްކޫލް ރަސްމީކޮށް ހުޅުވުނީ 9 މާރިޗު 1984 ގައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދުމުގެ މަތިން މި ރަސްމިއްޔާތު ފައްޓަވައިދެއްވީ ޖަޕާނުގެ ކައުންސެލަރ މިސްޓަރ ކުޖީނޯއެވެ. ފުރަތަމަ ސްކޫލަށް ވެއްދުނީ 87 ދަރިވަރުންނެވެ. އަދި ކުރެންދޫގެ ފުރަތަމަ ތަޢުލީމީ މަރުކަޒުގެ ގޮތުގައި މި ސްކޫލް އޭރު އެނގިފައިވަނީ މަކްތަބު ނަޖީބުުލް ޙަބަޝީގެ ނަމުގައެވެ.

މޮޓޯ ހޯދާށެވެ. ދިރާސާކުރާށެވެ. ޙާޞިލްކުރާށެވެ.
ތަޞައްވަރު

ޅ. އަތޮޅު މަދަރުސާގެ ތަސައްވަރަކީ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫން އަސާސީއަށް ޙުރުމަތްތެރިކޮށް ހިތާ، އަޚްލާޤް ރަނގަޅު، ދުޅަހެޔޮ ޞިއްޙަތެއްގެވެރި، އުފެއްދުންތެރި، ހޭލުންތެރި، ޢިލްމީ ދަރިވަރުންތަކެއް އުފެއްދުމެވެ.

މުހިންމަތު

ޅ.އަތޮޅު މަދަރުސާގެ އަމާޒަކީ ރަނގަޅު ޢިލްމާއި ރިވެތި އަޚްލާޤް ފަތުރާ، އުގަންނާދިނުމާއި އަށަގެންނެވުމެވެ. ކުރިއަރަމުން އަންނަ މިމަދަރުސާގެ މަޤްޞަދަކީ...  ޅ.އަޮތޮޅު މަދަރުސާއަކީ ޤައުމީ ފެންވަރުގައި ވާދަކުރެވޭފަދަ ސްކޫލަކަށް ހެދުން.  އުގެނުމަށް ފަހި މާހައުލެއް ބިނާކޮށް ތަޢުލީމް ކުރިއެރުވުން.  ޅ.އަތޮޅު މަދަރުސާ ނިންމާ ކޮންމެ ދަރިވަރެއްގެ ކިބައިގައި ދިރިއުޅުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ ސާބިތުކަން އަށަގެންނެވުން.  ޅ.އަތޮޅު މަދަރުސާގެ ދަރިވަރުންނަކީ އިސްލާމްދީނަށް ލޯބިކުރާ އަޚްލާޤް ރަނގަޅު އުހުއްވަތްތެރި ދަރިވަރުންތަކެއް ކަމުގައި ހެދުން.  ދަރިވަރުންގެ ތަރައްޤީއަށްކުރެވޭ މަސައްކަތުގައި މުޅި މުޖުތަމަޢު ސާމިލްކުރުން.

ގުޅުއްވުމަށް

Lh. Atoll school logo
ޅ. ކުރެންދޫ
ޅ. އަތޮޅު މަދަރުސާ، ކަލަމިންޖާ މަގު، ޅ. ކުރެންދޫ، 07030
+960 6620038