Maafushi School logo

ކ. އަތޮޅު

މާފުށީ ސްކޫލް

އުފެދުނީ: 06 ޑިސެމްބަރު 1975

map

ދަރިވަރުން

512 +

މުދައްރިސުން

51 +

އިދާރީ މުވައްޒަފުން

23 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

މާފުށީ ސްކޫލް މިހާރު ހިންގަމުން އަންނަ ބިނާގެ ބިންގާ އެޅުނީ 06 ޖުލައި 1987 އެވެ. އަދި މި ބިނާ ހުޅުވާފައިވަނީ 07 ޖުލައި 1993 ގައެވެ. މިސްކޫލް އަކީ މަކުތަބުލް މަނާރުގެ ނަމުގައި 1975 ވަނަ އަހަރުގެ ޑިސެމްބަރ 06 ވަނަ ދުވަހު ރަޖިސްޓްރީކޮށް ރައްޔިތުން ހިންގަމުން އައި ސްކޫލެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިސްކޫލް ތަފާތު ނަންނަމުގައި ހިންގާފައިވެއެވެ. މަކުތަބުލް މަނާރުގެ ނަން ކާފު އަތޮޅު މަދަރުސާގެ ނަމުގައި 1979 ވަނަ އަހަރު ނޮވެމްބަރު 10 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމު ހުޅުވައިދެއްވިއެވެ. އަތޮޅު މަދަރުސާގެ ނަމުގައި 6 އަހަރު ކިޔަވާ ދިނުމަށްފަހު، 1986 ޖެނުއަރީން ފެށިގެން ސްކޫލު ހިނގަމުން ދިޔައީ މާފުށީ މަދަރުސާގެ ނަމުގައެވެ. ނަމަވެސް ސްކޫލްގައި އޯލެވެލް ހަދަން ފެށުމާއެކު 28 ޖުލައި 2004 ން ފެށިގެން މަދަރުސާގެ ނަމުގެ ބަދަލުގައި ބޭނުން ކުރަމުން ގެންދަނީ މާފުށީސްކޫލް މިނަމަށް ބަދަލުކޮށް ސްކޫލް ހިނގަމުން އަންނަނީ ސަރުކާރު ސްކޫލެއްގެ ގޮތުގައެވެ. މާފުށީ ސްކޫލް އަކީ ފައުންޑޭޝަނުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދެމުން އަންނަ ސްކޫލް އެކެވެ. ސްކޫލްގައި ތިން ސްޓްރީމަށް ކިޔަވައިދެއެވެ. އެއީ ބިޒިނަސް، ސައިންސް އަދި ބީޓެކް ސްޓްރީމެވެ.

މޮޓޯ ސްޓްރައިވް ފޯރ ސަކްސަސް
ތަޞައްވަރު

މާފުށީ ސްކޫލަކީ ތަޢުލީމް ފޯރުކޮށްދޭ އެންމެ މަޤުބޫލު ސްކޫލް ކަމުގައި ވުން.

މުހިންމަތު

ކާމިޔާބީއަށް ވާޞިލު ވުމަށްޓަކައި އިސްލާމްދީނުގެ އުސޫލުތަކާއި ސްކޫލްގެ ޤަވާޢިދުތައް އަދި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑު ތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުން.

ގުޅުއްވުމަށް

Maafushi School logo
ކ. މާފުށި
މާފުށީ ސްކޫލް، ހަވީރީ ހިނގުން، ކ. މާފުށި، 08090
+960 6640471