M. Atoll Education Center logo

މ. އަތޮޅު

މ. އަތޮޅު ތަޢުލީމީ މަރުކަޒު

އުފެދުނީ: 22 މާރިޗު 1984

map

ދަރިވަރުން

228 +

މުދައްރިސުން

42 +

އިދާރީ މުވައްޒަފުން

10 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

މި މަރުކަޒަކީ ހިޖުރީސަނަތުން 1 ޖުމާދިލް ޢޫލާ 1403 ގައި ،އޭރުގެ މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އުގުލުމޫސާ ކަލޭފާނާއި ، އެއިރުގެ ތަޢްލީމު ކުރިއަރުވާ މަރުކަޒުގެ އެކްޓިން ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ލަތީފް ބިންގާއަޅުއްވައި ދެއްވައި ، މީލާދީ ސަނަތުން 22 މާރޗް 1984 ގައި، އެއިރުގެ މިނިސްޓްރީއޮފް އެޓޯލްސް ޑިވަލޮޕްމަންޓް އަލްއުސްތާޛު ޢަބުދުﷲ ޙަމީދު ވުޖޫދުކޮށްދެއްވެވި ހިނދުއްސުރެން ފެށިގެން މިއަދާހަމައަށްވެސް ތަފާތު މަރުޙަލާތަކުގައި ޙަރަކާތްތެރިވެފައިވާ މަރުކަޒެއެކެވެ. . މިމަރުކަޒު ހުޅުވުނު އިރު ތިބީ 130 ދަރިވަރުންނާއި 4 މުދައްރިސުންނާއި 1 އެސިސްޓެންޓް ހެޑްމާސްޓަރގެ އިތުރުން 3 އިދާރީ މުވައްޒަފުންނެވެ. ގްރޭޑް 4 އާ ހަމައަށް އޭރު ކިޔައިދޭންފެށި މި މަރުކަޒުގައި 2023 ވަނަ އަހަރު ނިމުނުއިރު ޖުމްލަ 1735 ދަރިވަރުން މިމަރުކަޒުން ތަޢުލީމު ޙާޟިލްކޮށްފައިވެއެވެ.

މޮޓޯ ހަރަކާތްތެރިކަމާއެކު ހާޞިލްކުރާށެވެ.
ތަޞައްވަރު

އަޅުގަނޑުމެންގެ އަމާޒަކީ އަޅާލުން އޮންނަ އިސްލާމީ ވެއްޓެއްގައި ހުރިހާ ދަރިވަރުންވެސް ކާމިޔާބާއި ތަޖުރިބާ ޙާސިލް ކުރެވޭފަދަ، މިނިވަން ވިސްނުމަކާއި، ހަރުދަނާގޮތެއްގައި ތަރުބިއްޔަތުވެގެންދެވޭ އަދި އުނގެނުމުގެ ފެންވަރު މަތިވެގެންދާނެ އުނގެނުމުގެ މާޙައުލެއް ފޯރުކޮށް ދިނުމެވެ.

މުހިންމަތު

ކާމިޔާބުހޯދައި ޒިންމާދާރު ރައްޔަތަކަށްވާނެ، ހަރުދަނާގޮތެއްގައި ތަރުބިއްޔަތު ކުރެވިފައިވާ ދަރިވަރުންތަކެއް ތައްޔާރުކުރުން، ހުރިހާ ކުދިންނަށްވެސް މަރުޙަބާކިޔާ، ރައްކައުތެރި އަދި ދުޅަހެޔޮ ވެއްޓެއް ފޯރުކޮށް ދިނުން. އިސްލާމީ ފިކުރުން ބޭރުނުވެ، މިނިވަން ވިސްނުމަކާއެކު އުނގެނުމަށް ހިތްވަރުދިނުން. ބެލެނިވެރިންނާއި ރަށުގެ މުޖުތަމަޢާއެކު އެއްބާރުލުމުގެ ގުޅުމެއް ބިނާކުރުން ހުރިހާ މުވައްޒަފުންނަށްވެސް ދެމިގެންދާނެ ފަންނީ ކުރިއެރުމަކަށް ހިތްވަރު ދިނުން

ގުޅުއްވުމަށް

M. Atoll Education Center logo
މ. މުލި
މ. އަތޮޅު ތަޢުލީމީ މަރުކަޒު، ރަންކޮކާމަގު، މ. މުލި، 11050
+960 7952901