Huvadhoo School logo

ގދ. އަތޮޅު

ހުވަދޫ ސްކޫލް

އުފެދުނީ: 11 މޭ 2003

map

ދަރިވަރުން

190 +

މުދައްރިސުން

52 +

އިދާރީ މުވައްޒަފުން

12 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ހުވަދޫ ސްކޫލަކީ ދިވެހިވަންތަކަން ހުރި، ބޭނުންތެރި، ޒިންމާދާރު މުވާޠިނުންތަކެއްގެ ޤައުމެއް ބިނާކުރުމަށާއ،ި އިސްލާމީ އުޞޫލްތަކުގެ މަތިން ތަޢުލީމު ކުރިއެރުވުމަށާއ،ި އިތުރު ޙަރަކާތްތަކުގެ ރޮނގުން ފަޚުރުވެރި މަޤާމު ލިބިދޭ އުނގެނުމުގެ ވެއްޓަކާއ،ި ޢިލްމީ ޝައުޤުވެރިކަން އުފެއްދުމަށް ހިންގޭ ސަރުކާރު ސްކޫލެކެވެ. މިސްކޫލް އެންމެ ފުރަތަމަ ހިނގަމުން އައިސްފައިވަނީ ތަފާތު ދެރަށެއްގައި ތަފާތު ދެ ސްކޫލުއެއްގެ ގޮތުގައިއެވެ. އެއީ 27 ޑިސެމްބަރ 1976 ދުވަހު ގދ.ފަރެހުގައި ހުޅުވިގެންދިޔަ ""މަކްތަބުލް ޖިހާދު"" އާއި 23 ޖޫން 1981 ދުވަހު ގދ.މާތޮޑާގައި ހުޅުވުނު ""މާތޮޑާ ސްކޫލް"" އެވެ. މި ދެސްކޫލް އެއްފުރާޅެއްގެ ދަށަށް ބަދަލުކޮށް ""ހުވަދޫ ސްކޫލު""ގެ ނަމުގައި ހުޅުވިގެން ދިޔައީ 11 މެއި 2003 ގައެވެ. މިސްކޫލުގެ މޮޓޯއަކީ ""މިއަދުގެ ކިޔަވާކުދިން މާދަމާގެ ލީޑަެރުން"" އެވެ. މިސްކޫލުގެ އަމާޒަކީ ކާމިޔާބު ސްކޫލަކަށްވުމުގެ އަސާސީ ސިފަތަށް ކަމަށްވާ ތަޢުލީމީ ކާމިޔާބީއާމެދު މުވައްޒަފުންގެ ހިތްތަކުގައި އޮންނަ ތަސައްވުރާއި، އިސްމުވައްޒަފުންގެ ޓީމްގެ އިސްނެގުމާއި ބައިވެރިވުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމާއި، މުވައްޒަފުން ބިނާކޮށް ފަންނީ ޤާބިލުކަން އިތުރުކޮށް ދިނުމާއިއެކު، ދަރިވަރުންގެ ޢިލްމީ ކުރިއެރުން ގިނަގިނައިން ބެލެމެވެ. މިއަމާޒަށް ވާސިލް ވުމަށްޓަކައި ފަންނީ މުވައްޒަފުންގެ އެއްބާރުލުމާއިއެކު ދަރިވަރުންނަށް އެންމެ ބޭނުންތެރި ތަޢުލީމީ ފްރޮގްރާމްތަކެއް ހުށަހަޅައިގެން ދަރިވަރުންގެ އުގަންނައިދިނުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރެވެމުންދެއެވެ. މިސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީސްޓޭޖް 4 ކަށް ދަރިވަރުން ތަޢުލީމް ހާސިލް ކުރެއެވެ . މިސްކޫލުގައި 2017 ވަނަ އަހަރުން ފެށިގެން ވަނީ ކޮމްބައިންޑް ސްޓްރީމް ތައާރަފް ކޮށްފައެވެ. މިސްޓްރީމް އެކުލަވާފައި ވަނީ ސައިންސް ސްޓްރީމާއި ބިޒްނަސް ސްޓްރީމްގެ ތެރެއިން ދަރިވަރުންނަށް އެންމެ ބޭނުންތެރި މާއްދާތައް ހިމަނައިގެންނެވެ. މީގެ އިތުރުން މިސްކޫލުގައި ބީޓެކް ހޮސްޕިޓެލިޓީވެސް ކިޔަވައި ދެއެވެ.

މޮޓޯ މިއަދުގެ ކިޔަވާކުދިން، މާދަމާގެ ލީޑަރުން
ތަޞައްވަރު

އަޅުގަނޑުމެން، ހުވަދޫ ސްކޫލް ކޮމިއުނިޓީ އަކީ ދިވެހި ވަންތަ، އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތަށް، އުފެއްދުންތެރި،ޢިލްމީ، ކުދިންނާއި ރައްޓެހި އަދި ދިރިއުޅުމުގެ ހުނަރުތަކުގެ ތަޢުލީމު ފޯރުކޮށްދޭ، ޓީމް ބޭސްޑް ލީޑަރޝިޕަކާއެކު މަސައްކަތް ކުރާ އިޙްތިރާމް ލިބިގެންވާ އިންސްޓިޓިއުޝަނެއް ކަމުގައި ތަޞައްވުރު ކުރަމެވެ.

މުހިންމަތު

ހުވަދޫ ސްކޫލުން ހުރިހާ ދަރިވަރުންނަށް ވެސް ރައްކާތެރި އަދި އެއްބާރުލުންދޭ މާހައުލެއް ލިބިދިނުމާއި އެކު އެމާހައުލުގައި އުނގެނުމުގެ ތަޖުރިބާތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މަތީ މިންގަނޑުތަކަށް ވާސިލްވުމުގެ ޝައުގުވެރިކަން ކުރިއަރުވައި، އަމިއްލަ ނަފްސާއި މުޖްތަމަޢުގެ ޒިންމާ އަދާކުރުމުގެ އިތުރުން އަބަދުވެސް އުގެނުމަށް ޝައުގުވެރިވާ އަދި އަމިއްލަ ނަފްސާއި މުޖުތަމައުގެ ޒިންމާ އަދާ ކުރާ ދަރިވަރުންތަކެއް އުފައްދާނަމެވެ.

ގުޅުއްވުމަށް

Huvadhoo School logo
ގދ. ފަރެސްމާތޮދާ
ހުވަދޫ ސްކޫލް، ޑެއިޒީ ހިނގުން، ގދ. ފަރެސްމާތޮޑާ، 17090
+960 7983085