ފައުންޑޭޝަނަލް ލަރނިންގ އާ ގުޅޭ ސަރަހައްދީ ކޮންފަރެންސްއެއްގައި މިނިސްޓްރީއިން ބައިވެރިވެއްޖެ

05 ޑިސެމްބަރު 2024
...

"އެކްސެލެރޭޓިންގ ފައުންޑޭޝަނަލް ލާނިންގ - ގޮއިންގ ސްކޭލް އިން ސައުތް އޭޝިއާ" ކޮންފަރެންސްގައި މިނިސްޓްރީ އޮފް އެޑިއުކޭަޝަނުން ބައިވެރިވެއްޖެއެވެ.

މި ކޮންފަރެންސް ބޭއްވީ 3-5 ޑިސެމްބަރ 2024 އަށް ނޭޕާލްގެ ވެރި ރަށް ކަތްމަންޑޫގައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ ވޯލްޑް ބޭންކާއި ޔުނިސެފް އަދި ނޭޕާލްގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ސައިންސް  އެންޑް ޓެކްނޮލޮޖީއިން ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ފައުންޑޭޝަނަލް ލާރނިންގ ( ލިޓަރޭެސީ، ނިއުމަރަސީ، އަދި ސޯޝިއޯ-އިމޯޝަނަލް ލާރނިންގ) ކުރިއަރުވާ، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުމާއި، ފަންނީ ތަޖުރިބާ އަދި ޤާބިލުކަން އިތުރުކުރުމަށް މަގުފަހިކުރުމެވެ. 

މި ކޮންފަރެންސަކީ ފައުންޑޭޝަނަލް ލަރނިންގ އާ ގުޅޭގޮތުން އެކި ޤައުމުތަކުގެ ތަޖުރިބާ ހިއްސާކޮށް، މައުލޫމާތު ބަދަލުކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި ގައުމުތަކުގެ "ބެސްޓް ޕްރެކްޓިސަސް" އިން ހިތްވަރު ލިބި، ފައުންޑޭޝަން ލަރނިންގ އާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މުހިންމު ކަންތައްތަކާއި އެ ޤައުމަކަށް ޚާއްޞަކޮށްގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ. 
މިނިސްޓްރީގެ ފަރާތުން މި މި ކޮންފަރެންސްގައި ބައިވެރިވާ ވަފުދުގެ ތެރޭގައި ހިމެނެނީ ޑެޕިއުޓީ މިނިސްޓަރ އާމިނަތު މާރިޔާ، ޑިރެކްޓަރ ޖެނެރަލް މަރިޔަމް ނާސިރު،  ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ ހެޑް އަލީ މުފީދެވެ. މީގެ އިތުރުން މި ވަފުދުގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް އައިޝަތު ސަމާ އާއި ހުރަވީ ސްކޫލްގެ ލީޑިން ޓީޗަރ މާޒިއްޔާ މުހައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.