ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް ބާއްވާ ޖަލްސާގެ ދެވަނަ ދަންފަޅި ބާއްވައިފިއެވެ.
5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޖަލްސާގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލް އުސްތާޛް އަޙްމަދު މުޢުތަޞިމް އަދުނާނު އެވެ. މި ދަންފަޅީގައި އިނާމު ހަވާލުކޮށްދެއްވާފައިވަނީ 2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން 10 ވަނަ ހޯދި 257 ދަރިވަރުންނަށެވެ.
މިއަދު ހެނދުނު ބޭއްވި މި ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވަނީ 2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން 8 ވަނަ އާއި 9 ވަނަ ހޯދި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްފައެވެ.
މި ޖަލްސާގެ މިއަދުގެ ފަހު ދަންފަޅި އޮންނާނީ މިރޭ 9:00 ގައެވެ. މި ދަންފަޅީގައި 2024 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުގެ 2-7 ވަނަ ހޯދި 374 ދަރިވަރުންނަށް އިނާމު ޙަވާލުކުރާނެއެވެ.
ޘާނަވީ އަދި މަތީ ޡާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ޖަލްސާގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާނެއެވެ.