ޘާނަވީ އަދި މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް ބާއްވާ ޖަލްސާގެ ހަތަރުވަނަ ދަންފަޅި ބާއްވައިފިއެވެ.
5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޖަލްސާގެ ހަތަރު ވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް އަލް އުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ދަންފަޅީގައި އިނާމު ޙަވާލުކޮށްދެއްވާފައިވަނީ 2023 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން އެކި ވަނަތައް ޙާޞިލުކުރި 348 ދަރިވަރުންނަށެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ޖަލްސާގެ ފަހު ދަންފަޅި އޮންނާނީ މިރޭ 8:00 ގައެވެ. މި ދަންފަޅީގައި މ މަތީ ޘާނަވީ އިމްތިހާނުތަކުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމު ޙަވާލުކުރުން ކުރިއަށްދާނެއެވެ.