ވ.ކެޔޮދޫ ސްކޫލްގެ ސްޓެމް ލެބޯޓްރީތަކުގެ ވަށާ ފާރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
...

ވ.ކެޔޮދޫ ސްކޫލެއްގައި ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓްރީތަކުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތް ސަންވިލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން އެގްރިމެންޓްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ރާފިއު އެވެ.

މި މަސައްކަތަކީ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓަކީ ވޯލްޑް ބެންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމުކުރެވިފައިވާ ޕްރޮޖެކްޓެކެވެ.