ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކްރޮސްރޯޑްސް މޯލްޑިވްސްގައި ޤާއިމުކުރެވުނު ސްކޫލް ދަރިވަރުން ކޭމްޕް ކުރާ ސަރަޙައްދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ކޭމްޕް ސަރަޙައްދު ޤާއިމުކުރެވިފައިވަނީ، ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި މާލެ ސަރަޙައްދުގެ ކެޑޭޓް، ގައިޑް އަދި ސްކައުޓް ދަރިވަރުންނަށް ކޭމްޕް ދާނެ ޚާއްޞަ ތަނެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ޙައްލުކުރުމުގެ މަޤްޞަދުގައެވެ. އަދި މިއީ ދަރިވަރުންނަށް ފުޅާ ދާއިރާއެއްގައި ތަޢުލީމާއި ތަޖުރިބާ ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ.
މީގެ އިތުރުން، މި ސަރަޙައްދަކީ ކޭމްޕް ކުރުމުގެ އިތުރުން ދަރިވަރުން ކިޔަވާ އެކި މާއްދާތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވެސް ބޭނުންކުރެވޭނެ ތަނެކެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.