އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސައިންސް، ކޮމްޕިއުޓަރ އަދި ޖެނެރަލް ލެބޯޓްރީތައް މަރާމާތު ކުރުމުގެ މަސައްކަތް މެޓްސްއާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އދ .އަތޮޅު ތަޢުލީމީ މަރުކަޒުގެ ލެބްތައް މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއުއެވެ. އަދި މެޓްސްގެ ގެ ފަރާތުން ސޮއިކުރެއްވީ އަލީ ރިޒާ އެވެ.
މި މަސައްކަތަކީ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓަކީ ވޯލްޑް ބެންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމުކުރެވިފައިވާ ޕްރޮޖެކްޓެކެވެ.