އެޗް.އެސް.ސީ، އެޑެކްސެލް އަދި ކޭމްބްރިޖް އޭލެވެލް އިމްތިޙާނުތައް ފަށައިފިއެވެ.
މިއަހަރު މި އިމްތިޙާނުތަކުގައި މާލެ އާއި އަތޮޅުތެރޭގެ 49 ސެންޓަރަކުން ޖުމްލަ 4،427 ދަރިވަރުން ބައިވެރިވެއެވެ. އޭގެ ތެރެއިން އެޗް.އެސް.ސީ އިމްތިޙާނުގައި 2،001 ދަރިވަރުން ބައިވެރިވެއެވެ.
މި އިމްތިޙާނުތައް ކުރިއަށްދާނީ 27 ސެޕްޓެމްބަރު 2025 އިން ފެށިގެން 31 އޮކްޓޯބަރު 2025 ގެ ނިޔަލަށެވެ.