2025 ވަނަ އަހަރުގެ ސާނަވީ ނިންމާ އިމްތިޙާނުތައް މިމަހު 20 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު މި އިމްތިޙާނުގައި ދިވެހިރާއްޖޭގެ ސްކޫލުތަކުން 7971 ދަރިވަރުން ބައިވެރިވާއިރު,, ރާއްޖޭގެ 260 ސެންޓަރެއްގައި އިމްތިހާނު ހެދުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެއީ މާލެ ސަރަޙައްދުގެ 23 ސެންޓަރަކާއި، އަތޮޅު ތެރޭގެ 237 ސެންޓަރެކެވެ.
މިއަހަރު އެންމެ ފުރަތަމަ އޮންނާނީ އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފުރަތަމަ ޕޭޕަރެވެ. މި އިމްތިޙާނުތައް ޖޫން މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ މި އިމްތިޙާނަކީ ހުރިހާ ދަރިވަރުންނަށް ވެސް ކާމިޔާބު އިމްތިޙާނަކަށް ވެގެންދިއުމެވެ.