މިނިސްޓަރ ސިންގަޕޯގެ ހައި ކޮމިޝަނަރާ ބައްދަލުކުރައްވައިފި

26 މޭ 2025
...

މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު، ސިންގަޕޯއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ސޫ ކޮކް ލެންގް އާ މިއަދު ބައްދަލުކުރައްވައިފިއެވެ. 
 
މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ސިންގަޕޯ އާއި ދެމެދުގައި ޤާއިމުވެފައިވާ ތަޢުލީމީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސިންގަޕޯއިން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރިއެވެ.
  
މީގެއިތުރުން، ދެ ޤައުމުގެ ދަރިވަރުންނަށް ލިބެމުންދާ ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމާއި، މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ހިންގޭ ތަމްރީނު ޕްރޮގްރާމްތައް އިތުރުކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.