ޣާޒީ ސުކޫލުގެ އިތުރު 18 ކުލާސްރޫމު ޢިމާރާތް ކުރުމުގެ މަސައްކަތް، 2025 ޖުލައި 31 ވީ ބުރާސްފަތި ދުވަހު، ބަދަހި އިންވެސްޓްމަންޓާ ޙަވާލުކޮށްފިއެވެ.
މިއީސުކޫލުތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ސިލްސިލާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.
މުޅިއެކު 23.7 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ މިމަސައްކަތް ބަދަހި އިންވެސްޓްމަންޓާ ޙަވާލުކުރީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް (150 ދުވަހުން) ނިންމާގޮތަށެވެ.