ސްކޫލުތަކުގެ ޓީޗަރުންނާއި ސްޓޭކްހޯލްޑަރުންނަށް އަމާޒުކޮށްގެން ދިވެހި ސައިން ލޭންގުއޭޖް ޓްރެއިނިންގ ކުރިޔަށް ގެންދިއުމަށް ކޮންސަލްޓަންޓެއް ހޯދަން 2025 އޮގަސްުޓު 7 ޖުލައި ވީ ބުރާސްފަތި ދުވަހު އިޢުލާނުކޮށްފިއެވެ.
މި އިޢުލާނުގައިވާ ގޮތުން ޕްރޮޖެކްޓަށް އެދިލައްވާ ފަރާތްތަކުން ލިންކު (https://forms.moe.gov.mv) މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމު" ފުރިހަމަުރައްވައި 2025 އޮގަސްޓު 13 ވަނަ ދުވަހުގެ 23:59ގެ ކުރިން ރަޖިސްޓްރީ ކުރައްވަން ވާނެއެވެ. އަދި މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް ފަހު، 2025 އޮގަސްޓު 18 ވަނަ ދުވަހުގެ 11:00ގެ ކުރިން ލިންކު (https://bit.ly/4m5WhPu) މެދުވެރިކޮށް "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮކިއުމަންޓް ސެކްޝަނަށް ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ. އޭގެއިތުރުން ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޮގަސްޓް 13 ވަނަ ދުވަހުގެ 23:59ގެ ކުރިން އީމެއިލް ([email protected]) އަށް ސުވާލު ފޮނުއްވަން ވާނެކަމަށް ވެސް އިޢުލާނުގައި ބަޔާންކުރައްވާފައިވެއެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ އިޢުލާނުގައި ހާމަކުރައްވާފައިވެއެވެ.