ސީއެޗްއެސްއީ މާލޭގެ އައު ލައިބްރަރީ މިނިސްޓަރ ރަސްމީކޮށް ހުޅުއްވައިދެއްވައިފި

20 އޭޕްރީލު 2025
...

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) – މާލޭގެ ލައިބްރަރީ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިނިސްޓަރ ލައިބްރަރީ ހުޅުވައިދެއްވީ ސީއެޗްއެސްއީ - މާލޭގައި މިއަދު ބޭއްވުނު ޚާއްޞަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށްފަހުއެވެ.

އެސެމްބްލީއަށްފަހު، ކްލާސްރޫމްތަކާއި، ލެބޯޓްރީތައް އަދި ލައިބްރަރީ އަށް ޒިޔާރަތްކުރައްވާ ދަރިވަރުންގެ އުނގެނުމުގެ މާހައުލު މިނިސްޓަރ ބައްލަވާލެއްވިއެވެ.

އަލަށް ހުޅުވުނު މި ލައިބްރަރީއަކީ ދަރިވަރުންގެ ތަޢުލީމީ ފެންވަރު އިތުރަށް މަތިކުރުމަށާއި، އެކަޑެމިކް މަޝްވަރާތައް ބޭއްވުމަށާއި، އަދި ދަރިވަރުންގެ އިޖްތިމާޢީ ހުނަރުތައް ކުރިއެރުވުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ޒަމާނީ އުނގެނުމުގެ މާޙައުލެކެވެ.