ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން އަތޮޅުތެރޭގެ ސްކޫލުތަކަށް ޚާއްޞަކޮށް ބޭއްވި "ޝާމިލު ކޭލި" ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމުގައި އަތޮޅުތެރޭގެ 18 ސްކޫލަކުން ޖުމްލަ 31 މުދައްރިސުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މާލޭގެ ސްކޫލްތަކުގައި ހުރިހާކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުން (އިންކްލޫސިވް އެޑިޔުކޭޝަން) ކުރިއަށްދާ ގޮތް ދެނެގަނެ، އެ ތަޖުރިބާ އަތޮޅުތެރޭގެ މުދައްރިސުންނާހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އިތުރު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިދެވޭ ތަޢުލީމީ ފެންވަރު މަތިކޮށް، ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންދިއުމެވެ.