ހއ. އިހަވަންދޫ ސްކޫލުގައި މުދައްރިސުންނަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް

07 މޭ 2025
...

ހއ. އިހަވަންދޫ ސްކޫލުގައި އިންކްލޫސިވް އެޑިޔުކޭޝަންއަށް އަމާޒުކޮށްގެން މުދައްރިސުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.


މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވުނީ ތިން މުހިންމު ދާއިރާއަކަށެވެ. އޭގެ ތެރޭގައި ޔުނިވަރސަލް ޑިޒައިން ފޮރ ލަރނިންގް، ކޮމްޕްލެކްސް ލަރނިންގް ޕްރޮފައިލް ހުންނަ ދަރިވަރުންނަށް ކިޔަވައިދިނުން އަދި ސްކޫލް ރިފަރަލް ސިސްޓަމް ހިމެނެއެވެ. މި ތިން ދާއިރާއިން މުދައްރިސުންނަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދެވުނެވެ.


މި ޕްރޮގްރާމަކީ މުދައްރިސުންގެ ހުނަރު ތަރައްޤީކުރުމަށާއި، ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދެވުނު މުހިންމު ޕްރޮގްރާމެކެވެ.