ހއ. އިހަވަންދޫ ސްކޫލުން ވަނީ ބެލެނިވެރިންނަށް އަމާޒުކޮށްގެން އިންކްލޫސިވް އެޑިޔުކޭޝަން ސިޔާސަތާއި ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވުމުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ސަޕޯޓް ޕްރޮގްރާމްގެ ދަށުން ހިންގުނު ސެޝަންތަކުގެ ތެރެއިން ބައެކެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބެލެނިވެރިންނަށް އިންކްލޫސިވް އެޑިޔުކޭޝަން ސިޔާސަތުގެ މުހިންމުކަމާއި، އެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކުރެވިފައެވެ. މީގެ އިތުރުން، ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ވަނީ އިސްކަމެއް ދެވިފައެވެ.