ޝަހީދު އަލީ ސްކޫލަށް ގްރޭޑް 2 އިން 10 އަށް ވަނުމަށް ފުރުޞަތު ހުޅުވާލައިފި

20 އޮކްޓޯބަރު 2025
...

2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް، ހުޅުމާލެ ފޭސް 2 ގައި އަލަށް ހުޅުވަން ހަމަޖެހިފައިވާ ޝަހީދު އަލީ ސްކޫލަށް ގްރޭޑް 2 އިން 10 އަށް ވަނުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. 

މާލެ ސަރަޙައްދު ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުން ޝަހީދު ޢަލީ ސްކޫލަށް ދަރިވަރުން ވެއްދުމަށް، އެ ދަރިވަރެއް މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. 

މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން އަދި މާލެ ފިޔަވާ އެހެން ސިޓީތަކާއި ރަށްރަށުގެ ސްކޫލްތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ފޯމް ފުރިހަމަކުރުމަށްފަހު މިހާރު ކިޔަވަމުންދާ ސްކޫލަށް ހުށަހެޅުއްވުމުން، އެ ސްކޫލުން ޕޯޓަލް މެދުވެރިކޮށް ޓްރާންސްފަރ ރިކުއެސްޓް މިނިސްޓްރީއަށް ފޮނުވަންޖެހޭނެއެވެ. 

އަދި ޕްރައިވެޓް ސްކޫލްތަކާއި އެހެނިހެން ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް، ޝަހީދު އަލީ ސްކޫލަށް ވަނުމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އީމެއިލް ނުވަތަ ސިޓީ ފޮނުވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ. 

ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 30 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ނިޔަލަށެވެ.