ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

30 އޮކްޓޯބަރު 2025
...

ޔުނެސްކޯގެ 43 ވަނަ ޖެނެރަލް ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. ކޮންމެ 2 އަހަރަކުން ބާއްވާ މި ބައްދަލުވުމުގައި ޔުނެސްކޯގެ 194 މެންބަރު ޤައުމާއި, ތަޢުލީމީ ދާއިރާގެ މާހިރުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ބައިވެރިވެއެވެ. 

އޮކްޓޫބަރު މަހުގެ 30 އިން ފެށިގެން ނޮވެންބަރު މަހުގެ 13 ގެ ނިޔަލަށް އުޒްބެކިސްތާނުގައި ބާއްވާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު މުޙައްމަދު, ޑެޕިއުޓީ މިނިސްޓަރ ތާރިފް މުޙައްމަދު އަދި ރާއްޖޭގައި ހުންނަ ޔުނެސްކޯގެ ނޭޝަނަލް ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް, އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ޝިނާޒް މޫސާއެވެ. 

މި ކޮންފަރެންސްއަކީ ޔުނެސްކޯގެ މައިގަނޑު މަސައްކަތްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، ދުނިޔޭގެ އެކި ޤައުމުތަކުގައި ތަޢުލީމާއި ސަގާފަތާއި ސައިންސް ކުރިއެރުވުމާ ގުޅޭ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން މިކަމަށްޓަކައި ޚާއްޞަ ޕްލެނަރީ ސެޝަންތަކާއި, ކޮމިޝަން ބައްދަލުވުންތަކުގެ އިތުރުން ސިޔާސަތުތަކާ ގުޅޭ މުހިންމު ބަހުސްތައް ހުރިއަށްދާނެއެވެ. 

މި އަހަރުގެ މި ކޮންފަރެންސް އަކީ 1985 ވަނަ އަހަރުން ފެށިގެން ފާއިތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ޕެރިހުގައި ހުންނަ ޔުނެސްކޯގެ ހެޑްކުއާޓަރސްއިން ބޭރުގައި ބާއްވާ ޔުނެސްކޯގެ ފުރަތަމަ ޖެނެރަލް ކޮންފަރެންސްއެވެ. އެއާއެކު މި ތާރީޚީ ކޮންފަރެންސް ވެގެންދަނީ ބައިނަލްއަޤްވާމީ ގްލޯބަލް ޑިޕްލޮމެސީގެ ރަމްޒަކަށެވެ.