ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އަދި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާއާއި ދެމެދު ސްކޮލަރޝިޕް ގްރާންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢުއެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް، މޮޓޯ ޓަކީ އެވެ.
މި އެއްބަސްވުމުގެ ދަށުން، 152 މިލިއަން ޖަޕާން ޔެންގެ ހިލޭ އެހީ ދިވެހި ދަޢުލަތަށް ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ގްރާންގެ މަޤްޞަދަކީ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެގޮތުން ޖައިކާގެ ފަރާތުން ހިންގާ ޚާއްސަ ޕްރޮޖެކްޓް، ޖޭ.ޑީ.އެސްގެ ދަށުން ދިވެހިރާއްޖޭގެ ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
ޖައިކާގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭ.ޑީ.އެސް) ގެ ދަށުން ޖަޕާނުގެ ޔުނިވާސިޓީތަކުން ޕޯސްޓް ގްރެޖުއޭޓް ލެވެލްގެ ޕްރޮގްރާމްތައް ފުރިހަމަކުރުމަށް 2020 ވަނަ އަހަރުން ފެށިގެން ފާއިތުވި 6 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 36 ފުރުޞަތު ދީފައިވެއެވެ.