ސައުތް އޭޝިޔަން ޔުނިވާސިޓީގެ ރައީސް މިނިސްޓަރގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

14 ނޮވެމްބަރު 2026
...

ސައުތް އޭޝިޔަން ޔުނިވާސިޓީ (އެސް.އޭ.ޔޫ)ގެ ރައީސް، ޕްރޮފެސަރ ކޭ.ކޭ އަގަރްވާލް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުވުމުގައި މިނިސްޓްރީ އާއި އެސް.އޭ.ޔޫ ގުޅިގެން މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމާއި، މި ސަރަހައްދުގައި އެ ޔުނިވަރސިޓީގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުވުމުގައި، މިނިސްޓަރގެ އިތުރުން ސްޓޭޓް މިނިސްޓަރ، ޑރ. އަޙްމަދު މުޙައްމަދު އަދި ސްޓޭޓް މިނިސްޓަރ، އަޙްމަދު ޝަފީއު ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ޕްރޮފެސަރ ކޭ.ކޭ އަގަރްވާލް ދިވެހިރާއްޖެއަށް ކުރަވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާ، އެ ތަންތަނުގެ އިސްވެރީންނާ ބައްދަލުކުރައްވާނެއެވެ.