ހއ. އަތޮޅު މަދަރުސާގެ އޮފީސް ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި !

25 އޮކްޓޯބަރު 2026
...

ހއ. އަތޮޅު މަދަރުސާގެ އޮފީސް ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަޙްމަދު މުޙައްމަދެވެ. 

މިއީ ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން މިނިސްޓްރީއިން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. 

މި އޮފީސް ޢިމާރާތުގެ ސަބަބުން ހއ. އަތޮޅު މަދަރުސާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، އެ ސްކޫލުގެ މުވައްޒަފުން މަސައްކަތްކުރުމަށް ފަހި މާހައުލެއް ޤާއިމުކުރެވިގެންދާނެއެވެ.