ސްކޫލުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓަރުންނަށް ޚާއްޞަކޮށްގެން ވޯކްޝޮޕެއް ބާއްވައިފިއެވެ.
މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެވެ.
2 ދުވަހުގެ މުއްދަތަކަށް ޢިމާދުއްދީން ސްކޫލުގައި ކުރިއަށް ދިޔަ މި ވޯކްޝޮޕްގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލުތަކުން ޖުމްލަ 98 އެޑްމިނިސްޓްރޭޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ވޯކްޝޮޕްގައި ސްކޫލުތަކުގެ އިދާރީ ކަންކަން އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ބެސްޓް ޕްރެކްޓިސްތައް ހިއްސާކުރުމުގެ ފުރުޞަތު އެޑްމިނިސްޓްރޭޓަރުންނަށް ލިބިގެން ދިޔައެވެ.
މިއީ ސްކޫލުތަކުގެ އެޑްމިނިސްޓްރޭޓަރުންނަށް ޚާއްޞަކޮށްގެން މިނިސްޓްރީއިން ބޭއްވި މިފަދަ ފުރަތަމަ ވޯކްޝޮޕެވެ.