މޯލްޑިވްސް ޕޮލިޓެކްނިކްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

08 އޮކްޓޯބަރު 2026

މޯލްޑިވްސް ޕޮލިޓެކްނިކްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދެވެ.

މި އަހަރުގެ މިހާތަނަށް ޕޮލިޓެކްނިކްގެ ފަރާތުން ކުރިއަށްގެންދިޔަ 55 ޕްރޮގްރާމަކުން ޖުމްލަ 690 ދަރިވަރުން ދަސްވެނިވެފައިވާއިރު، މީގެ ތެރޭގައި 401 ފިރިހެން ދަރިވަރުންނާއި 289 އަންހެން ދަރިވަރުން ހިމެނެއެވެ. 

މީގެ އިތުރުން، "ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން" ގެ ދަށުން ތަފާތު 9 ދާއިރާއަކުން ޖުމްލަ 42 ފަރާތަކަށް ސެޓިފިކެޓް ޙަވާލުކުރައްވާފައިވެއެވެ. އަދި ތަފާތު 12 ދާއިރާއެއްގެ 17 ޕްރޮގްރާމަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި 39 ދަރިވަރަކަށް "އެކްސެލެންސް އެވޯޑް" ވަނީ ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން, ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.