ސްޓޭޓް މިނިސްޓަރު ޑރ. ލަޠީފް، ޖަޕާނުގެ ސަފީރާ ބައްދަލުކުރައްވައިފި

28 ނޮވެމްބަރު 2024

ސްޓޭޓް މިނިސްޓަ ޑރ. ޢަބްދުއްލަޠީފް މުޙައްމަދު، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއާ ބައްދަލުކުރައްވައިފިއެވެ.  

މި ބައްދަލުވުމުގައި، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސްކޫލުތަކުގައި ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.