ޖަޕާނުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު,، އިޝިގާމީ ރުމިކޯ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހަށް އިޙުތިރާމުގެ ޒިޔާތަރެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި ޤާއިމުވެފައިވާ ތަޢުލީމީ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ޖަޕާން ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާ, ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޘްވަރާކުރައްވާފައެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. އަހްމަދު މުހައްމަދު އަދި ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްލަޠީފް މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.